ދިއްގަރުން ގޯތި ދޫކުރަނީ

މުލަކަތޮޅު ދިއްގަރުން 1500 އަކަފޫޓު ގެ70 ބަންޑާރަ ގޯތި ދިރިއުޅުމަށް ދޫކުރުމަށް ދިއްގަރު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ އިއިލާނުގައި ބުނެފައިވަނީ ގޯޗަށް އެދެން ބޭނުންވާ ފަރާތްތަކަށް 2024 ޖޫން 02 ...

01 Jun 2024 | 08:05

މުލަކަތޮޅު ދިއްގަރުން 1500 އަކަފޫޓު ގެ70 ބަންޑާރަ ގޯތި ދިރިއުޅުމަށް ދޫކުރުމަށް ދިއްގަރު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެ އިއިލާނުގައި ބުނެފައިވަނީ ގޯޗަށް އެދެން ބޭނުންވާ ފަރާތްތަކަށް 2024 ޖޫން 02 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި ފޯމު ދޫކުރާނެ ކަމަށެވެ. އަދި ދިއްގަރު ކައުންސިލް ވެބްސައިޓްއިންވެސް ފޯމު ލިބޭނެކަމަށެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، ޖުލައި މަހުގެ11 ވަނަ ދުވަހުގެ 12:00 ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވ.ެ

ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ދިއްގަރު ކައުންސިލް އިދާރާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް