ބިދޭސީ މީހާ މަރުވި މައްސަލައިގާ ލޯންޗު ކެޕްޓަން ހައްޔަރުކޮށްފި

ދަނގެތި ބޭރުގައި ފާނަ ހިފަން ފައިބާ އުޅުނު ބިދޭސީއަކު ލޯންޗެއްގެ ދަށުވެ މިއަދު މަރުވެފައިވާއިރު އެ މައްސަލައިގާ އެ ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފިއެވެ. ހެނދުނު 11:20 ހާއިރު ބުނެފައިވަނީ އެ މައްސ...

01 Jun 2024 | 07:38

ދަނގެތި ބޭރުގައި ފާނަ ހިފަން ފައިބާ އުޅުނު ބިދޭސީއަކު ލޯންޗެއްގެ ދަށުވެ މިއަދު މަރުވެފައިވާއިރު އެ މައްސަލައިގާ އެ ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފިއެވެ.

ހެނދުނު 11:20 ހާއިރު ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފައިވާކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއަދު ހެނދުނު 07:50 ހާއިރު މި ހާދިސާ ހިނގަން މެދުވެރިވީ ބާސްކެޓުތަކެއް ހިފައިގެން އޭގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ނަގައިގެން ބިދޭސީއަކު ދަގެތީ ބޭރުގައި ފީނަން އުޅުނު ވަގުތެއްގައި ލޯންޗެއްގައި ޖެހިގެންނެވެ.

އެ ލޯންޗު އެވަގުތު ޖެހުމުންވެސް މަޑު ނުކޮށް ދިޔަކަމަށް ބުނި ނަމަވެސް އެ މައުލޫމާތު ކަށަވަރެއް ނޫނެވެ.

ބިދޭސީ އެ މީހާއަކީ ފީއައްޔަށް ނިސްބަތްވާ ދޯންޏަކުން ފާނަމަސްވެރިކަމަށް ފައިބާ އުޅުނު މީހެކެވެ. އޭނާއާއެކު އެ ދޯނިން ހަތް މީހަކު އާންމުގޮތެއްގައި މަސައްކަތްކުރާކަމަށް ފީއަލިން ބުނެއެވެ.

ގައިމަތިން ލޯންޗު ދިއުމުގެ ސަބަބުން ބިދޭސީ އެމީހާގެ ހަށިގަނޑު ގާތްގަނޑަކަށްހެން ޗިސްޗިސްވެފައިވާއިރު ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް އެ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެ ލޯންޝަކީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް