ދިވެހި ފުލުންނާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން، އައުޓް ބޯޑު އިންޖީނު މެއިންޓެނެންސް ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މެއި26 އިން ފެށިގެން30 ގެ ނިޔަލަށެވެ. މިއީ މި ކޯހުގެ ތިން ވަނަ ބުރެވެ.
މި ކޯހުގައި ފުލުހުންގ ެ8 މުވައްޒަފުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
މި ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ގޮތުން ރަސްމިއްޔާތާެއްު ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މެރިން ޕޮލިހުގެ ހެޑް، ޗީފް ސުޕްރިންޓްންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. އަދި ޔޫ.އެން.އޯ.ޑީ.ސީގެ ޕްރޮގްރާމް އޮފިސާ ބުއްދިކާ ދަނަންޖި ރަނަދީރާ އަދި އިންސްޓްރަކްޓަރ މރ.ނޯމަން ކޮޓޮންގަ ކިކަމީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއަޔާތުގައި ވާހަކަދައްކަވަމުން ، ޗީފް ސުޕްރިންޓެންޑެންޓް އޮފް މެރިން ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވަނީ މިފަދަ ކޯސްތައް ރާވައި ޚިދުމަތާއި ލޯ އެންފޯސްމަންޓު އެހެނިހެން މުއައްސަސާތައް ބައިވެރިކޮށްގެން ހިނގަމުންދާތީ ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކޯސްތަކުގެ މުހިންމުކަމާއި، ކަނޑުމަތިން، އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި އުކުޅުތައް ދަސްވެގެން ދިޔުމަކީ ކަނޑުމަތީގައި މަސައްކަތް ކުރާ ފުލުހުންނަށް ލިބިގެން ދިޔައި ފުރިހަމަ ބޭނުންތެރި ތަޖުރިބާއެއް ކަމަށް އަދުނާން ވަނީ ވިދާޅުވެފައެވެ.
މި ކޯހުގައި، އިންޖީނަށް ދިމާވާ އާއްމު މައްސަލަތަކާއި، ކަނޑުމަތީ އުޅަނދު ޗެކްކުރުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތަކާއި އިންޖީނުތަކަށް އާއްމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރާނެގޮތަށް ދަސްކޮށްދީފައިިވެއެވެ.އަދި އުޅަނދަށް ދިމާވާ މައްސަލަ ގޯސްވެއްޖެ ނަމަ ހިކި ފަސް ތަނަކަށް އުޅަނދު ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ވެސް ވަނީ ކިޔައި ދީފައެވެ.
މި ކޯހުގައި ބައިވެރިވި ބައިވެރިންނަށް މި ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް