ލޯންޗެއްގެ ދަށުވެ ބިދޭސީއަކު މަރުވެއްޖެ – ލޯންޗު އަޅާނުލާ ދިޔަކަމުގެ ތުހުމަތު

ދަނގެތި ފަޅުގައި ފާނަ މަސްވެރިކަމުގައި މޫދަށް ފައިބާ އުޅުނު ބިދޭސީއެއްގެ ގައިމައްޗަށް ލޯންޗެއް އަރާ ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ. ދުވަހަށް މަޢުލޫމާތުދެއްވަމުން ފ. ފީއަލީ ކައުންސިލް މ...

01 Jun 2024 | 05:22

ދަނގެތި ފަޅުގައި ފާނަ މަސްވެރިކަމުގައި މޫދަށް ފައިބާ އުޅުނު ބިދޭސީއެއްގެ ގައިމައްޗަށް ލޯންޗެއް އަރާ ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން ފ. ފީއަލީ ކައުންސިލް މެންބަރު އަހްޒަމް އަބްދުﷲ ވިދާޅުވީ އެ ހާދިސާ ހިނގީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ދޯނީގެ ފަޅުވެރިއަކު މި ހާދިސާގައި މަރުވިއިރު އެ ދޯނީގައި ކައްޕީގެ އިތުރުން އިތުރު ހަތް ފަޅުވެރިއަކު އުޅޭ ކަމަށެވެ.

"ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަވެސް ނަގައިގެން ފީނުމުގައި އުޅުނުކަމަށް މަޢުލޫމާތު ލިބެނީ" ކައުންސިލަރު ވިދާޅުވިއެވެ.

ދުވަހަށް މަޢުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ އެކްސިޑެންޓް ހިނގުމުން އެކްސިޑެންޓު ހިނގި ލޯންޗު މަޑުނުކޮށް ދިޔައީ ކަމަށާއި އެއީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗެއް ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ މޫދުން ނެގީ އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކުން ކަމަށާއި ސިއްހީ އެހީތެރިކަމާއި ހަމައަށް ގެންދިޔައިރު މީހާގެ ފުރާނަ ނެތް ކަމަށެވެ.

މިކަމުގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް