ސްކޮޓްލެންޑު ދެ މުސްލިމު ދެބެންކަމުގައިވާ އަބްދުއްރަހްމާން އާއި ރީހާން އަލީ ބައިސްކަލުގައި ސްކޮޓްލެންޑުން ހައްޖަށް މަދީނާއަށް ދަތުރުކޮށްފިއެވެ.
އުމުރުން 34 އަހަރުގެ އަބްދުއްރަހްމާން އާއި އޭޏާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރީހާން އަލީ އެ ދެބެންގެ ދަތުރު ފެށީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގައެވެ. ސްކޮޓްލެންޑުން ބައިސްކަލުގައި ފެށި ދަތުރުގައި ނެދަލެންޑާއި ޖަރުމަނާއި ބަލްގޭރިޔާއާއި ތުރުކީ އަދި ލުބުނާނު ހުސްކޮށްފައިވެއެވެ.
މި ހަރަކާތް މި ދެބެން ކުރިއަށްގެންދިޔައީ ޣައްޒާއަށް ފަންޑު ކުރެވޭނެފަދަ އިންތިޒާމާވެސް އެކުގައެވެ. އަދި މި ހައްޖު ޚާއްޞަ ކުރަނީވެސް ފަލަޟްޠީނުގެ މުސްލިމުންނަށް ކަމުގައިވެސް މި ދެބެން ބުނެފައިވެއެވެ.
(وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ) من المملكـة المتحـدة إلى المدينة المنوّرة على الدراجـة الهوائيـة.. سمعوا النداء ولبّوا الأذان.. قطعوا الحدود والدروب ليصلوا إلى منبع النور. نفخر بكوننا شركاء هذه الرحلة… pic.twitter.com/pTqKbaWKXW
— شركة ضيوف البيت (@Albaitguests) May 30, 2024
އޭޕްރީލް އެކެއްގައި ފެށި ދަތުރުގައި 3،635 މޭލު ކަޑައްތުކޮށް މި ދެބެންނަށް މަދީނާއަށް ދެވުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް