މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑި ހިމެނޭހެން ވަރުގަދަ ބައި އިލެކްޝަންތަކެއް ޖުލައި 20 ގައި

މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ހިމެނޭހެން އަށް ބައި އިލެކްޝަނެއް ޖުލައި މަހުގެ 20 ގައި ބާއްވަން ނިންމައި ތާރީޚު އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކުރަމުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަ...

01 Jun 2024 | 04:30

މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ހިމެނޭހެން އަށް ބައި އިލެކްޝަނެއް ޖުލައި މަހުގެ 20 ގައި ބާއްވަން ނިންމައި ތާރީޚު އިޢުލާނުކޮށްފިއެވެ.

މިކަން އިޢުލާނުކުރަމުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ޅ. އަތޮޅު ކައުންސިލްގެ ރައީސް، ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ މެންބަރު، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ހެންވޭރު ހުޅަނގުދާއިރާ އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މި އަހަރުގެ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ.

މި ބައި-އިލެކްޝަންސްތަކުގައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 30 މެއި 2024 އިން ފެށިގެން މި ޖޫން މަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް