ދުވަހުގެ މޫސުމަށް ބަލާއިރު މިއަދު ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވެއެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.
މޫސުމަށް އިތުރަށް ބަލައިލާއިރު މިއަދު ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް