ޔޫއޭވީ މެދުވެރިކޮށް ޔޫކްރޭނުން މޮސްކޯއަށް ޓެރަރިސްޓް ހަމަލާތަކެއް ދިން ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފި

ބޯޑަރު ހުރަސްކޮށް "ޓެރަރިސްޓް" ހަމަލާތަކެއް ދިނުމަށް އެމެރިކާއިން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް ރަޝިޔާގެ އޮފިޝަލަކު ތުހުމަތު ކުރެއްވީ މޮސްކޯއަށް ޑްރޯން ހަމަލާތަކެއް ރައްދުވެފައި ވަނިކޮށެވެ. ނަމަވެސ...

01 Jun 2023 | 16:51

ބޯޑަރު ހުރަސްކޮށް "ޓެރަރިސްޓް" ހަމަލާތަކެއް ދިނުމަށް އެމެރިކާއިން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް ރަޝިޔާގެ އޮފިޝަލަކު ތުހުމަތު ކުރެއްވީ މޮސްކޯއަށް ޑްރޯން ހަމަލާތަކެއް ރައްދުވެފައި ވަނިކޮށެވެ.

ނަމަވެސް ވައިޓް ހައުސް އިން އަންގާރަ ދުވަހު ވަނީ ރަޝިޔާގެ އެތެރޭގައި ދޭ ހަމަލާތަކަށް ތާއީދު ނުކުރާ ކަމަށާއި، އަދިވެސް އެ ހާދިސާއާ ގުޅޭ މައުލޫމާތު އެއްކުރަމުންދާ ކަމަށް ބުނެފައެވެ.

އެމެރިކާގައި ހުންނަވާ ރަޝިޔާގެ ސަފީރު އަނަޓޮލީ އެންޓޮނޮވް ވަނީ މިކަން ދޮގުކުރާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ބުނެފައި ވަނީ "މަޢުލޫމާތު އެއްކުރަނީ" މި ޢިބާރާތުގެ ފަހަތުގައި ފޮރުވަން މި ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.

ރަޝިއާއިން ތުހުމަތު ކުރަނީ އެމެރިކާއިން މޮސްކޯއާ ދެކޮޅަށް ޕްރޮކްސީ ހަނގުރާމައެއް ހިންގަނީ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު ޔޫކްރޭނަށް ތާއީދުކޮށްގެން ކަމަށެވެ.

ޔޫކްރޭނުގައި 15 މަސް ދުވަހުގެ ހަނގުރާމަ ރަޝިޔާގެ ހިތަށް ގެނެސްދިން މި ހަމަލާއަކީ "ޓެރަރިސްޓް އަމަލެއް" ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ވިދާޅުވެފަ އެވެ. އަނެއްކޮޅުން ޔޫކްރޭނުން ވަނީ ރަޝިޔާއިން ޔޫކްރޭންގެ އާންމުންނަށް ހަމަލާދޭ ކަމަށް ބުނެ "ޓެރަރިޒަމް" ގެ ތުހުމަތުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް