އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއެކު ނޭޕާލުގައި ދެ މަޝްރޫއެއް ކުރިއަށް ގެންދަނީ

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ދެ މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއި ނޭޕާލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިންޑިއާ އެމްބަސީން ނެރުނު ނޫސް ބަޔާނ...

01 Jun 2023 | 16:45

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ދެ މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއި ނޭޕާލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންޑިއާ އެމްބަސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދެ މަޝްރޫއު ކަމަށްވާ ރާމެޗަޕް ޑިސްޓްރިކްޓްގެ މަލާގިރީ ޝާންޓީ ޔޯގަޝްރަމް އަދި ނޭޕާލްގެ ޑޯޓީ ޑިސްޓްރިކްޓްގެ ކެޑާ ޖިއޮޓިޕުންޖާ މަލްޓިޕަލް ކެމްޕަސް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަމެޗަޕް މުނިސިޕަލްޓީ އާއި ބަޑިކެދާރު ރަށްރަށުގެ މުނިސިޕަލްޓީ މެދުވެރިކޮށެވެ.

"މި މަޝްރޫއުތަކުގެ ސަބަބުން ލޯކަލް ކޮމިއުނިޓީތަކުގައި ދެވޭ ސިއްހީ އަދި ތައުލީމީ ހިދުމަތްތަކުގެ ފެންވަރު ރަގަނޅުވެގެންދާނެ ކަމަށް" ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް އިންޑިއާގެ އެމްބަސީ އާއި ސުޝީލާ ތަކުރު މެމޯރިއަލް ހެލްތު ފައުންޑޭޝަން (އެސްޓީއެމްއެޗްއެފް) އާއި ދެމެދު އިންޑިއާގެ 50 މިލިއަން ރުފިޔާ ގެ ދަށުން ނޭޕާލްގެ މަހޮޓާރީ ޑިސްޓްރިކްޓްގައި އެލްޕީޖީ ގޭސް އުނދުންތަކާއި ސިލިންޑަރުތައް ބެހުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.

މި މަޝްރޫޢުގެ ސަބަބުން ނޭޕާލްގެ މަހޮއްތާރީ ޑިސްޓްރިކްޓްގެ ފަސް މުނިސިޕަލްޓީއެއްގެ ގާތްގަނޑަކަށް 8،000 ފަގީރު އަދި ބާކީވެފައިވާ އާއިލާތަކަށް ފައިދާ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް