ގްލޯބަލް ވޭގަން ޗެލެންޖުގެ ސެމީ ފައިނަލްގެ ފަނޑިޔާރަކަށް ޝެފް އިސްހާގް

ގްލޯބަލް ވޭގަން ޗެލެންޖުގެ ސެމީ ފައިނަލްގެ ފަނޑިޔާރަކަށް ޝެފް އިސްހާގް ހަމަޖައްސައިފިއެވެ. ޝެފް އިސްހާގް ސޯލިހަކީ ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޗެފެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޝެފުންގެ ޖަމ...

01 Jun 2023 | 16:26

ގްލޯބަލް ވޭގަން ޗެލެންޖުގެ ސެމީ ފައިނަލްގެ ފަނޑިޔާރަކަށް ޝެފް އިސްހާގް ހަމަޖައްސައިފިއެވެ.

ޝެފް އިސްހާގް ސޯލިހަކީ ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޗެފެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޝެފުންގެ ޖަމިއްޔާ އިން ކޮންޓިނެންޓަލް ޖަޖެއްގެ ލަގަބު ލިބިފައިވާ ޝެފެކެވެ. ޝެފް އިޝްހާގް މިވަގުތު ހުރީ އަބޫ ދާބީގެ ސާރްޖާގައެވެ.

ގްލޯބަލް ވޭގަން ޗެލެންޖުގެ ސެމީ ފައިނަލްގައި ބައިވެރިވި އެފްރިކާ އަދި މެދުއިރުމަތީގެ 4 ގައުމުގެ ތެރެއިން 2 ގައުމެއް 2024 ވަނަ އަހަރުގެ 20-25 އޮކްޓޫބަރ އަށް ސިންގަޕޫރުގައި އޮންނަ ގްލޯބަލް ޝެފް ޗެލެންޖް ފައިނަލުގެ ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް ކެޓަގަރީގައި ވާދަ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް