ސްޓްރީމްކޮށް، ގޭމް ކުޅެ، ސޯޝަލް މީޑިއާގައި ވަގުތު ހޭދަކޮށްލާ އަދި ގުޅުން ބަދަހިކޮށްލަން އުރީދޫގެ ވަރަށް ފުރިހަމަ ދެ ޕެކް

ސްޓްރީމް ކޮށްލާ، ގޭމް ކުޅެލާ، ސޯޝަލް މީޑިއާއަށް ވަދެ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލަން އުރީދޫ މޯލްޑިވްސް އިން ވަރަށް ފުރިހަމަ ދެ ޕެކް އިތުރަށް އަޕްގްރޭޑް ކޮށްފިއެވެ. އެއް ޕެކަކީ ހަމަ އެނ...

01 Jun 2023 | 16:00

ސްޓްރީމް ކޮށްލާ، ގޭމް ކުޅެލާ، ސޯޝަލް މީޑިއާއަށް ވަދެ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލަން އުރީދޫ މޯލްޑިވްސް އިން ވަރަށް ފުރިހަމަ ދެ ޕެކް އިތުރަށް އަޕްގްރޭޑް ކޮށްފިއެވެ.

އެއް ޕެކަކީ ހަމަ އެންމެ 350 ރުފިޔާއަށް 20 ޖީބީ ޑާޓާއާއި އަންލިމިޓެޑް ކޯލްސް 30 ދުވަހަށް މުޅިން ހިލޭ ލިބޭ ޕެކް އެކެވެ.

އަނެއް ޕެކަކީ ހަމަ އެންމެ 500 ރުފިޔާއަށް 35 ޖީބީއާއެކު އަންލިމިޓެޑް ކޯލްސް 30 ދުވަހަށް ލިބޭ ޕެކް އެކެވެ.

އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި މި ދެ ޕެކްއަކީވެސް ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކޮށްލެވޭނެ ދެ ޕެކް އެވެ. އެގޮތުން ޕޯސްޓްޕެއިޑްގެ އެކު ޕޯސްޓްޕެއިޑް، ވަރަށް ތަފާތު ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މި ޕެކްސް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ވަރަށް ތަފާތު ކަސްޓަމަރުންނަށް މި ޕެކްސް ގެ ވެލިޑިޓީ އަކަށް ވާނީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން އެ މަހެއްގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކު ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކްސްގެ ވެލިޑިޓީއަށް ވާނީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށެވެ.

މި ޕެކްސްތަކަކީ ހިތްހަމަޖެހުމާއެކު ސްޓްރީމްކޮށްލާ، ހިތް ފުރެންދެން ގޭމް ކުޅެލާ، ސޯޝަލް މީޑިއާއަށް ވަދެލާ އަދި އާއިލާއާއި ރަށްޓެހިންގެ މެދުގައި ގުޅުން ބަދަހިކޮށްލަން ވަރަށް ފުރިހަމަ ޕެކްސް ތަކަކަށް ވެގެންދާނެ ކަމުގައި އުރީދޫއިން ގަބޫލު ކުރެއެވެ.

މި ދެ ޕެކް ވެސް އުރީދޫ އެޕް ore.do/app މެދުވެރިކޮށް ފަސޭހަ ކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް