އަނގަބަހުން ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ވަޑައިގެންނަވަނީ

އިތުބާރު ނެތްކަމުގެ މައްސަލައިގަ އަނގަބަހުން ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފި އެވެ. ކަނޑުވިއްކާލި ކަމަށް ބުނެ އޭނާގެ ...

01 Jun 2023 | 15:27

އިތުބާރު ނެތްކަމުގެ މައްސަލައިގަ އަނގަބަހުން ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފި އެވެ.

ކަނޑުވިއްކާލި ކަމަށް ބުނެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު މެމްބަރުންނެވެ. އެ މައްސަލައިގަ އިއްޔެ ވޯޓު ނަގަން ހަމަޖެހިފައި ވީނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންގޮސް ހުއްޓާލީ ހަމައެކަނި ލިޔުމުން ރިފްއަތު މަޖިލީހަށް ޖަވާބުދާރީވެފައިވާތީ އުފެދުނު ސުވާލުތަކާއި ގުޅިގެންނެވެ.

ގާނޫނު އަސާސީ ބުނާގޮތުން އިތުބާރުނެތްކަމުގެ މައްސަލައިގަ ވަޒީރަކަށް ލިޔުމުންނާއި އަނގަބަހުން ޖަވާބުދާރީވުމުގެ ފުރުސަތު އޮންނާނެ އެވެ. ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިނުގަތް ލިޔުމުން ޖަވާބު ފޮނުއްވުމުން ހިތްހަމަ ނުޖެހުނީ އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކުގެ މެމްބަރުންނެވެ.

އޭގެ ފަހުން ބަންޑާރަ ނާއިބު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފު ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނު އިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތުގެ ފަރާތްޕުޅުން މި ސިޓީ ފޮނުވާފައި މިވަނީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ގޮތެއް ނުނިންމުމުން ކުރިޔަށް ދިއުމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް