ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމުގެ ދެވަނަ ފިޔަވަހި އެމްޓީސީސީއަށް

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ މި...

01 Jun 2023 | 15:09

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން

މިއަދު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަޙައްދެއްގައި ބިންހިއްކުމާއި، 32,647 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި، 254 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިންގ ފާރެއް ލުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށެވެ.

އަދި ނެރު ބައްތި ހަރުކުރުމާއި، 47 މީޓަރު ދިގު 3 މީޓަރު ފުޅާ ޓިމްބަރ ޖެޓީއެއް ހެދުމާއި، ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާއި، ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން

ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް،  ފާތުމަތު ޝާނާ ފާރޫޤެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް