އެއްކޮށްލި ހިޔާގެ ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނުދިން

އެއްކޮށްލި ހިޔާގެ ދެ އެޕާޓްމެންޓު އަތުލުން ހުއްޓުވުމުގެ އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ފާރު ތަޅާލައިގެން ދެ އެޕާޓްމެންޓު އެއްކޮށްލި މައްސަލައިގަ އެޕާޓްމެންޓުތައް ހުސްކުރަން...

01 Jun 2023 | 14:08

އެއްކޮށްލި ހިޔާގެ ދެ އެޕާޓްމެންޓު އަތުލުން ހުއްޓުވުމުގެ އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ފާރު ތަޅާލައިގެން ދެ އެޕާޓްމެންޓު އެއްކޮށްލި މައްސަލައިގަ އެޕާޓްމެންޓުތައް ހުސްކުރަން އާބަންކޯއިން ދިން ނޯޓިސްގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެ ދެ އެޕާޓްމެންޓު ހުސް ކުރަން އެންގީ އެއްބަސްވުމާއި ހިލާފުމުން ފާރު ރާނައި ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ މުއްދަތުގެ ތެރޭގައި ނުދެއްކުމުންނެވެ.

މި މައްސަލައިގަ މިއަދު ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ނިންމާފައިވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެން ކަމުން އެތަނުގައި ދިރިއުޅޭ މީހުންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި އެ ފަރާތަށް އެ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށާއި ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް އެ ފަރާތުން އަމަލުކޮށްފައިވާ ކަމަށެވެ.

ކޯޓުގެ ނިންމުމުގައިވަނީ އާބަންކޯގެ އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް