ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންވެ މިރެއިން ފެށިގެން ކުރިޔަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުން ގޯސް ވާނެ ކަމަށް ލަފާ ކޮށްފައިވަނީ ހާއްސަކޮށް އުތުރާއިި މެދުރާއްޖެ ތެރެއަށެވެ. އެ ސަރަހައްދުގެ އާންމު ވައި ބާރުވެ ކަނޑުތައް ގަދަވާނެ އެވެ.
އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ15 މޭލާއި25 މޭލާއި ދެމެދުގެ ބާޜު މިނުގައި އެވެ. ވިލާގަނޑުގައި50 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.
މެޓުން ވަނީ މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފއި އެވެ. މެޓުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް