ޑަ ޑިމޮކްރޭޓްސް ރެޖިސްޓްރީ ކުރަން3،500 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
އެ ޕާޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އުފައްދަން ހުށަހެޅުއްވި ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަ ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
ފޯމުތައް އީސީ އާއި ހަވާލު ކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ އެ ފޯމުތަކުގެ ސައްހަކަން އަވަހަށް ކަށަވަރުކޮށްދެއްވައި، ގާނޫނުގައި ބުނާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. ޕާޓީ ރެޖިސްޓްރީކޮށްދޭނީ މަދުވެގެން3،000 މެމްބަރުން ހަމަވުމުންނެވެ.
ހަސަން ވިދާޅުވީ ޕާޓީ ރެޖިސްޓްރީވުމުން މެމްބަރުން އިތުރު ކުރުމަށް ވަރުގަދަ ކެމްޕެއިންތަކެއް ކުރިޔަށް ގެންދާނެ ކަމަށެވެ. މިހާރުވެސް އެ ޕާޓީއަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ އަތޮޅު ތެރެއަށް ދަތުރު ކުރައްވާ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ12 އެމްޑީޕީ މެމްބަރަކު ވަނީ ޕާޓީން ކެނޑިފައި އެވެ. އަދި ޑިމޮކްރޭޓްސް އުފެއްދުމުގެ ބުރަ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ޕާޓީއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަިއ ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބާއި އެކު އުފެއްދި ފިކުރެއްގެ ދިރުމަށް ތާއީދު ކުރާ މެމްބަރުން އުފައްދާ ޕާޓީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް