އެއްވުމަށް ނުދާ އެދިވަޑައިގެންނެވުމުން އަދުރޭގެ ފާޑުކިޔުން ގާސިމަށް!

ކަނޑު ވިއްކުމާއި ދެކޮޅު ކޯލިޝަނުން ބާއްވަން އުޅޭ ބޮޑު އެއްވުމަށް ނުދާން އެދިވަޑައިގެންނެވުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންނެވުމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ފާޑުވިދާ...

01 Jun 2023 | 06:41

ކަނޑު ވިއްކުމާއި ދެކޮޅު ކޯލިޝަނުން ބާއްވަން އުޅޭ ބޮޑު އެއްވުމަށް ނުދާން އެދިވަޑައިގެންނެވުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންނެވުމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.

ގާސިމް ޖޭޕީގެ ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ އެއްވުމުގައި ޖޭޕީގެ މެމްބަރުން ބައިވެރި ނުވުމަކީ އެދިވައިގެންނަވާ ގޮތް ކަމަށެވެ. ބަދަލުގައި މަޝްވަރާކޮށްގެން ކުރިޔަށްދިއުމަށް އެދިވައިގެންނަވާ ކަމަށް ވިދާޅުވެފައި އެވެ.

އެކަމަށް ފާޑުވިދާޅުވެ ރޭ ޕީޕީއެމް/ ޕީއެންސީން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ގާސިމް ވިދާޅުވާ ގޮތުންނަމަ އެއީ ގައުމުގެ ހައްގުގައި ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭން ދަރަނިން ސަލާމަތް ކުރަން ގައުމުގެ މިނިވަންކަން ދަމަހައްޓަން ވަންތަކަން އާލާކުރަން ރިޔާސީ އިިންތިހާބަށް ކުރިމަތިލައްވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ.

އެފަދަ ބޭފުޅަކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލި، ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެގެން އުޅޭއިރު އެކަމާ ދެކޮޅަށް އަޑު އުފުލަން ބަޔަކު ނުކުންނައިރު އެކަމަށް ދެކޮޅު ހައްދަވަނީ ކޯއްވެތޯ ސުވާލު ކުރެއްވި އެވެ.

އަދުރޭ ވަނީ އެހާ ނުކެރޭ ބޭފުޅަކު ރައްޔިތުންގެ ވޯޓަކަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައި އެވެ. އަދި އެއްވުމަށް ނުދާން ގާސިމް ގޮވާލައްވަނީ އޭނާގެ ވިޔަފާރީގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެ އެއްވުމަށް ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކޮންމެ ބޭފުޅަކީ ޖަރީމާގައި ބައިވެރިވި ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން  އެ މައްސަލައިގައި ގޯސް ހެދީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެކަމުގައި ބައިވެރިވީ ކޮން ބައެއްކަން ވެސް އެ ދުވަހު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް