ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެ ވައިޓް އެލާޓުގައި

މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު7:30 ން މެންދުރު1:30 އަށެވެ. ...

01 Jun 2023 | 06:01

މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު7:30 ން މެންދުރު1:30 އަށެވެ.

މެޓު އޮފީހުން ލަފާ ކުރާގޮތުގައި އެ ވަގުތުތަކުގައި އެ ސަރަހައްދަށް އާންމުކޮށް ވައި ޖެހޭނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.

އަދި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް