އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި މީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވާގޮތުގައި އައްޑޫ ސި...

01 Jun 2023 | 02:35

އައްޑޫ ސިޓީގައި ރޭ ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަހަމްވި މީހާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި އައްޑޫ ސިޓީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާކަމަށް ރޭ 23:38 ހާއިރު ރިޕޯޓްކޮށްފައިވެއެވެ.

"އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ވަޅިން ހަމަލާދިނީ ނިޔާވި މީހާގެ ކޮއްކޮއެކެވެ. ހަމަލާ ދިނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމާއި ހަމަލާ ދިން އިރުވެސް ކޮއްކޮ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މަންޒަރު ދުއް ބައެއް ފަރާތްތަކާއި ހަވާލާދީ ލޯކަލް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް