ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕޭނު މެނޭޖަރުކަން މުހައްމަދު އަމީން (ކެޕްޓަން އަމީން) އަށް އަރުވައިފިއެވެ.
މިކަން ހާމަކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވަނީ ކެޕްޓަން އަމީނަށާއި އަދި ރައީސް ޔާމީންގެ ކެމްޕޭނު ޑެޕިއުޓީ މެނޭޖަރުކަން އެރުއްވި ކުރީގެ ހެލްތު މިނިސްޓަރު އަހްމަދު ނާޒިމަށް މަރުހަބާ ދަންނަވާފައެވެ. މަރުހަބާގެ އެ މެސެޖުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް އަދުރޭ ވިދާޅުވެފައިވެއެވެ.
https://twitter.com/Banafsaa/status/1663979472234893312
ރައީސް ޔާމީނުގެ ކެމްޕޭނަށް މެނޭޖަރާއި ޑެޕިއުޓީ މެނޭޖަރު އައްޔަނުކުރިއިރު 11 އަހަރުގެ ޖަލު ހުކުމެއްގައި ރައީސް ޔާމީން އެ ހުންނެވީ ޖަލުގައެވެ. ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ރައީސް ޔާމީން މިނިވަން ވެދާނެފަދަ އިޝާރާތެއް އަދި ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަބަދުވެސް އަންނަނީ ގެންގުޅެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް