ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ 59 އިންސައްތަ މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުނ ބޭރުތޮށިލުމުގެ މަސައްކަތް ފުރހިމަކުރެވިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 ޕަސެންޓު މަސައްކަތް ވަނީ ނިމިފަ އެވެ.
މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް