ޕީޖީ ޝަމީމު، މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ފަށައިފި އެވެ. މި މައްސަލަ މިއަދު އޮތް އެ ޕާޓީގެ ޕީޖީ ބައްދަލުވުމަށް ހުށަހަ...

01 Jun 2022 | 11:36

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ފަށައިފި އެވެ.

މި މައްސަލަ މިއަދު އޮތް އެ ޕާޓީގެ ޕީޖީ ބައްދަލުވުމަށް ހުށަހަޅާފަ އެވެ.

އެކަމާއި ގުޅޭގޮތުން މިއަދު އިތުރު މަޝްވަރާއެއް ނުކުރި ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެ މައްސަލައަށް ތާއީދު ކުރައްވާފައިވެ އެވެ.

ޕީޖީ ޝަމީމާ މެދު ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފެއް ނުވެ އެވެ.

އެކަމަކު މީގެ ކުރިން އޭސީސީން ނިންމާ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުން ފަދަ ކަންކަމުގައި މެމްބަރުން ވަނީ ޕީޖީއަށް ފާޑު ވިދާޅުވެފައި އެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރީ2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް