"ހައުސްފުފް 5"އާ ގުޅުވައި ދައްކާ ވާހަކައަކުން ކާތިކްގެ ހިނިގަނޑު ފަޅައިގެން ގޮސްފި!

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ކާތިކް އާރްޔަން އާއި ގުޅޭގޮތުން މިހާރު ދައްކަމުންދާ ވަހަކަ އަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ގޮސްފި އެވެ. ކާތިކްގެ ނަން މި ދުވަސްކޮޅު ނޫސްތަކުން ފިލައިގެން ނުދަނީ...

01 Jun 2022 | 10:43

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ކާތިކް އާރްޔަން އާއި ގުޅޭގޮތުން މިހާރު ދައްކަމުންދާ ވަހަކަ އަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ގޮސްފި އެވެ.

ކާތިކްގެ ނަން މި ދުވަސްކޮޅު ނޫސްތަކުން ފިލައިގެން ނުދަނީ އެންމެ ފަހުން ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައިޔާ2" ސުޕާ ހިޓް ވުމާއި އޭނާ އެކްޓިން ހުނަރު އެ ފިލްމުގައި މޮޅު ކަމުންނެވެ.

އެހެންވެ މިހާރު އެހެން މީހުން ލައްވާ ކުޅުވަން ސޮއި ކުރުވާފައި ހުރި ފިލްމުތަކެއްވެސް އެމީހުން އަތުން އަތުލައި ކާތިކަށް ދެމުންދާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. އެފަދަ އެއް ފިލްމަކީ "ހައުސްފުލް5" އެވެ.

އެ ފިލްމުގެ މައުލޫމާތު އެނގޭ ބައެއް ކަމަށް ބުނެ މީޑިއާއަށް މައުލޫމާތުދިން މީހަކު ބުނެފައިވާ ގޮތުގައި "ހައުސްފުލް5" ކުން އަކްޝޭ ކުމާރު ވަކިކުރުމަށް ފަހު އޭނާ ކުޅެން ހަމަޖެހިފައި އޮތް ރޯލަށް ކާތިކް ވަނީ ހަމަޖައްސާފަ އެވެ

މި ވާހަކަތައް ފެނި ކާތިކް ވަނީ ވަރަށް ހިނި އައިސްފަ އެވެ. ކާތިކް ބުނީ އެ ހުރިހާ ވާހަކައެއް ދެއްކި އިރު އޭނާގެ ކުރިޔަށް އޮތް ފިލްމާއި، މިހާރު ކުރަމުންދާ މަސައްކަތުގެ ވާހަކަ އެމީހަކު އަހާވެސް ނުލާ ކަމަށެވެ. އަދި މައުލޫމާތު ޖެހުމުގެ ކުރިން އޭނާ ކައިރިން އެކަން ޔަގީން ކޮށްލުން ކީއްތޯ އަހާފައިވެ އެވެ.

އެކަމަކު "ހައުސްފުލް5" ން އޭނާއަށް ފުރުސަތު ލިބިފައިވާކަން ނުވަތަ ނޫންކަން ޔަގީނެއް ނުކޮށްދެ އެވެ.

ކާތިކް މިހާރު މަސައްކަތް ކުރަމުންދަނީ އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމު "ފްރެޑީ" ގައި އެވެ އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް