ސިޔާސީ ޕާޓީތަކަށް ވަންނަ ހުށަހަޅާ ފޯމު ސައްހަ ނޫން ނަމަ އެ ފޯމެއްގައި ސޮއި ކުރާ ދެ ހެކިވރިން ޖޫރިމަނާ ކުރަން އިލްކެޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެ އެވެ.
އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުބީ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ރުފިޔާ އިން އަދި އޭގެ ފަހުން 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމައިފައެވެ.
ހަބީބު ވިދާޅުވީ، އެ ފިޔަވަޅު އަޅާނީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުށަހަޅާފައިވާ ފޯމުތަކަށް ކަމަށެވެ.
މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް