ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕުގައި ރެޖިސްޓްރީ ވާން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2022 ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހިތާނީ ކޭމްޕް 2022 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަން...

01 Jun 2022 | 08:35

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2022 ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިތާނީ ކޭމްޕް 2022 ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ހުކުރު ދުވަސްތަކުގައި ހިތާނު ނުކޯށްދޭނެ ކަމަށް ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2022 އިތުރަށް ފުޅާކުރެވި 8 ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. އަބްދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ، ، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. މުހައްމަދު ޝަރީފް، ގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ، ޑރ. މެހްމެތު އޯޑަރ  އަދި ޑރ. އަބްދުﷲ އަދުސަރު ހިމެނިވަޑައިގަންނަވައެވެ.

މިއަހަރުގެ ހިތާނީ ކޭމްޕް 1 މަސް ދުވަހަށް ފުޅާކުރެވި 200 އަށްވުރެން ގިނަ ކުދިންނަށް ޖާގަ ހުޅުވިފައިވެއެވެ. އަދި ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ16 ވަނަ ދުވަހެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ. ހިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000 ރުފިޔާ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް