ކިޑްސް ފުޓުބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ބާއްވާ ކިޑްސް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ. ގްރޭޑް އެކެއް އަދި ދޭއެއް ކުދިންނަށް ހުޅުވާލައިގެން 20 ސްކޫލުން ބައިވެރިވާ ކުޑަކުދިންގެ ފުޓުބޯޅަ...

01 Jun 2022 | 07:58

ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ބާއްވާ ކިޑްސް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ.

ގްރޭޑް އެކެއް އަދި ދޭއެއް ކުދިންނަށް ހުޅުވާލައިގެން 20 ސްކޫލުން ބައިވެރިވާ ކުޑަކުދިންގެ ފުޓުބޯޅައިގެ މި އީދު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރު ދަނޑުގަ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަން ޖައިޝަން ހަމީދު ވިދާޅުވީ ހުނަރު ތަރައްގީ ކުރަން ކުރާ ކޮންމެ ކަމެއްގައި ދިރާގުން ބައިވެރިވާނެ ކަމަށާ ހާއްސަކޮށް ޒުވާނުންގެ ކުރިއެރުމަށް ކުރާ ކަންކަމުގައި ދިރާގު ބައިވެރިއަކަށް އަބަދުވެސް ހުންނާނެ ކަމަށެވެ.

މޮޅެތި ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށްޓަކައި ޔޫތް ޑިވްލޮޕްމަންޓް ތަަރައްގީ ކުރަން ކުރިއަށް ގެންދާ މި މުބާރާތް އިންތިޒާމު ކުރާ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝަމީމް ވިދާޅުވީ ފުޅުބޯޅައިގެ ޖީލެއް ތަރައްގީ ކުރަން ކުރަމުންދާ މަސައްކަތުގައި ބައިވެރިވި ދޭ އެހީތެރިކަމަށްޓަކައި ދިރާގަށް ޝުކުރުވެރިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް