ދުނިޔޭގެ އިގްތިސޯދީ ހާލަތަށް ބަލައި، ސަރުކާރުން މިވަގުތު އުޅެންވީ ވިސްނާލައިގެން: ނަޝީދު

ދުނިޔޭގެ އިގްތިސޯދީ ހާލަތަށް ބަލައި، ދިވެހިން މިވަގުތު ތިބެން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމނިކުފާނު މިހެން ވިދާޅ...

01 Jun 2022 | 06:24

ދުނިޔޭގެ އިގްތިސޯދީ ހާލަތަށް ބަލައި، ދިވެހިން މިވަގުތު ތިބެން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުމުގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ނަޝީދު ވިދާޅުވީ މިއީ "ކޮންކްރީޓުގެ ޕްރޮޖެކްޓުތައް" ހިންގަންވީ ވަގުތު ނޫން ކަމަށެވެ. އެމަނކުފާނު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުން މި ވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށާއި ދުނިޔޭގެ އިގްތިސާދީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތަށް ބެލުން މުހިންމު ކަމަށެވެ.

ދުނިޔޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ ތެލުގެ އަގު121 ރުފިޔާއަށް އަރައި އަވައްޓެރި ގައުމެއް އުޅެނީ ދަރަނީގައި ކަމަށެވެ. އެކަންކަމަކީ ވިސްނަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓުތައް މަޑުޖައްސާލަން މެންބަރުންނާއި ސަރުކާރަށް ވެސް ދަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެއީ މި ވަގުތަށް ކުރަން އެންމެ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް