ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ބޮން ގޮއްވާނެކަމަށް ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކައަކާއި ގުޅިގެން ކުރިއަށްގެންދާ ތަހުގީގެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރި އެމީހާއަކީ މަޖިލިސް ލައިވެއްގައި، މަޖިލީހަކީވެސް ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މީހެކެވެ.
https://twitter.com/PoliceMv/status/1399802135651393538
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް