މި އަހަރު ދުވާލެއްގެ މައްޗަށް އެންމެ މަދު ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މޭ މަހުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މޭ މަހު ދުވާލެއްގެ މައްޗަށް2،048 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ނަމަވެސް މި އަހަރުގެ އެހެން މަސްމަހުގައި ދުވާލެއްގެމައްޗަށް އެއަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް2،971 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު، ފެބްރުއަރީ، މާރޗް އަދި އޭޕްރީލްގައި މި އަދަދު އުޅެނީ ތިން ހާހުގައެވެ.
މޭ މަހު ރާއްޖެއަށް 64،613 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މޭ މަހު އެންމެ ގިނަ ފަތުރުވެރިން އަހިސްފައި ވަނީ، އެ މަހުގެ ފުރަތަމަ ދުވަހުއެވެ. އެގޮތުން މޭ1 ގައި3،815 މީހުން ރާއްޖެ އައިސްފައި ވާއިރު، އެ މަހު އެންމެ މަދުން ފަތުރުވެރިން އައި ދުވަސް ކަމުގައިވާ31 މޭ ގައި ރާއްޖެ އައިސްފައި ވަނީ1195 ފަތުރުވެރިންނެވެ.
އޭގެ ކުރީގެ 4 މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96،882 ފަތުރުވެރިން އައިސްފައިވާއިރު މަރޗުމަހު 1،09585 ފަތުރުވެރިން އަދި ނިމުނު އޭޕްރީލްމަހު ރާއްޖެއަށް 91،200 ފަތުރުވެރިންވަނީ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2،048 ފަތުރުވެރިންނެވެ. މިއީ އަހަރުގެ ކުރިއާ އަޅައި ބަލާއިރު ވަރަށް ދަށް އަދަދެކެވެ. ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް