މާލެ ސަރަހައްދުގައި ކޮވިޑް ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ޖަހާފައި ވަނީ 98 މީހުން

މާލެ ސަރަހައްދުގައި ކޮވިޑް ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ޖަހާފައި ވަނީ 98 މީހުންކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ރާއްޖޭގައި އިއްޔެ ވެކްސިން ޖަހާފައިވާ ގޮތަށް ބަލާއިރު، ކޮވިޑް ދިފާއު ވެކްސިންގެ...

01 Jun 2021 | 17:32

މާލެ ސަރަހައްދުގައި ކޮވިޑް ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ޖަހާފައި ވަނީ 98 މީހުންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ރާއްޖޭގައި އިއްޔެ ވެކްސިން ޖަހާފައިވާ ގޮތަށް ބަލާއިރު، ކޮވިޑް ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ އަތޮޅުތަކުގައި 246 މީހެއް ޖަހާފައި ވެއެވެ.

އެހެންކަމުން މިއަދު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ344 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 310،159 އަށް އަރާފައެވެ.

ކޮވިޑް ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް 361 މީހަކު އިއްޔެ މާލެ ސަރަހައްދުގައި ޖަހާފައި ވެއެވެ. އަދި އަތޮޅުތެރޭގައި އިއްޔެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ906 އެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ167،757 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރެއްގައި ވެކްސިން ދެމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް