މިއަދު ރާއްޖެއިން 768 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
ކޯވިޑަށް މިއަދު މާލެއިން ފައްސިވެފައިވަނީ 373 މީހުންނެވެ. އަތޮޅު ތެރެއިން 357 މީހުން ފައްސިވެފައިވެ އެވެ. ދެން މިއަދު ކޯވިޑަށް ފައްސިވްވެފައިވަނީ ރިސޯޓްތަކުން 15 މީހަކާއި ހަދަމުންދާ ރަށްްތަކުން 15 މީހުން އަދި ލިވަބޯޑްސް އިން އަށް މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،685 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 24،035 މީހުންނަށެވެ. އޭގެ ތެރެއިން 208 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 40،951 މީހުންނެވެ.
ކޮވިޑްގައި މިއަދު މިހާތަނަށް ތިން މީހަކު ނިޔާވެފައި ވެއެވެ. އަދި މިހާތަނަށް ކޯވިޑްގައި މަރުވި އަދަދު ވަނީ 169 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 65،164 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް