އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ހަދާފައި ވަނީ ފޭކް ޓިކްޓޮކް އެކައުންޓެއް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
ޓިކް ޓޮކްގައި “educationministrymv”ގެ ނަމުގައި ހަރަކާތްތެރިވާ މި އެކައުންޓަކީ އެ މިނިސްޓްރީގެ އެކައުންޓެއް ނޫންކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ޔަގީންކޮށްދީފައެވެ.
https://twitter.com/MoEdumv/status/1399766745028599809
އެޑިއުކޭޝަން މިނިސްޓްރީގެ މި ފޭކް އެކައުންޓް ފޮލޯކުރާ99 މީހުން ތިބިއިރު، މި އެކައުންޓުން1543 މީހެއް ފޮލޯކުރެއެވެ.
މީގެ ކުރިންވެސް މީސްމީޑިޔާގެ އެކި މަންސަތަކުގައި މީހުންގެ ފޭކް އެކައުންޓް ހަދާފައި ވެއެވެ. އެގޮތުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ވެސް އެކި މީހުންގެ ނަމުގައި ފޭކް އެކައުންޓް ހަދަމުންދާކަން ފާހަގަކުރެވެއެވެ.
މީގެ ކުރިން އެކިއެކި މަޝްހޫރު މީހުންގެ ނަމުގައި ފޭކް އެކައުންޓް ހަދާފައި ވެއެވެ. އެގޮތުން މަޝްހޫރު މޭކަޕް އާޓިސްޓް ‘ބަލްޤިސް’ ގެ ނަމުގައި ހަދާފައިވާ ފޭކް ޕޭޖެއްގެ ސްކްރީންޝޮޓް، އޭނާގެ ރަސްމީ ޕޭޖަށް ލުމަށްފަހު އޭނާ ވަނީ މީހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
މަޝްހޫރު އެތްލީޓް ސާއިދުގެ ނަމުގައި ވެސް އިންސްޓަގްރާމްގައި ފޭކް އެކައުންޓެއް ދައުރުވިއެވެ. ސާއިދު ގިވްއަވޭ އެއް ހުޅުވާާލުމާއެކު އޭނާގެ ނަމުގައި ފޭކް އެކައުންޓެއް ހަދައި، ހަމަ އެ ގިވްއަވޭ ދިނުމަށް ލިޔެފައިވެއެވެ.
މިގޮތަށް ފޭކް އެކައުންޓައް ދައުރުވަމުން ދާއިރު، އެއީ ފޭކް ޕޭޖެއްކަން އެނގުމުން އަވަހަށް ރިޕޯޓް ކުރައްވާށެވެ. އަދި އެހެން މީހުންގެ ސަމާލުކަމަށް އެކަން ގެންނަވާށެވެ. ފަރުދީ ޒިންމާ އަދާކުރުން ހިމެނޭނީ އޭރުންނެވެ.
އެހެންކަމުން ޕޭޖަކަށް ލައިކް ދީ ފޮލޯ ކުރުމުގެ ކުރިން އެއީ އެމީހާގެ ނުވަތަ އެބައެއްގެ އަސްލު ޕޭޖް ތޯ ބަލައިލާށެވެ. ފޭކް އެކައުންޓްތައް ހަދާއިރު ގިނަފަހަރު ބޭނުންކޮށްފައި ހުންނަނީ އެމީހެއްގެ އަސްލު ޕޭޖްގައި ބޭނުންކޮށްފައިވާ ނަމާއި، ހަމަ އެ ފޮޓޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް