މި މަހުގެ ފުރަތަމަ ދުވަސް، މިހާތަނަށް އަށް މަރު

މިއަދު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު އަށަކަށް އަރައިފިއެވެ. މިރޭ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ، އުމުރުން83 އަހަރުގެ ދިވެހި އަންހެނަކާއި ދަރުމަވަންތަ ހޮސްޕިޓަލުގެ...

01 Jun 2021 | 16:11

މިއަދު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު އަށަކަށް އަރައިފިއެވެ.

މިރޭ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ، އުމުރުން83 އަހަރުގެ ދިވެހި އަންހެނަކާއި ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ42 އަހަރުގެ އަންހެނެކެވެ.

މިއަދު މެންދުރު ފަހު 2:43 ގައި، އުމުރުން62 އަހަރުގެ ފިރިހެނެއް ވެސް ނިޔާވެފައި ވެއެވެ.

މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ހަ ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 167 ވަނަ މީހާ އެވެ.

މިއަދު ކުރިން މަރުވެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލް ކޯވިޑް މެނޭޖްމެންތް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ މީހަކާއި އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ހަރަކާތެއް ނެތިގެން ގެންދިޔަ އުމުރުން 89 އަހަރުގެ މީހެކެވެ.

ދެން މަރުވެފައިބަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 59 އަހަރާއި، 70 އަހަރު އަދި 50 އަހަރުގެ މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 169ށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64396 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24،109 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް