2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާއިން އުފެއްދި ޓިކްޓޮކް އަކީ އޭގެން އެކި ވައްތަރުގެ ކުރު ވީޑިއޯ ހެދޭ އެޕެކެވެ.
2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި ވައިގައި ހިފިގޮތަށް އަދިވެސް ދިވެހިންގެ މެދުގައި ޓިކްޓޮކް އެހާމެ މަޤްބޫލެވެ.
ޓިކްޓޮކް ވީޑިއޯގެ ތެރޭގައި ކިޔެވުމަށް ހަދާ ވީޑިއޯތަކާއި މީހުން ހެއްވާފަދަ މަޖާ ކަންކަން ކުރަން ހަދާ ވީޑިއޯތަކުގެ އިތުރުން ނަށާ ވީޑިއޯތައްވެސް ހުރެއެވެ. އާއްމުކޮށް15 ސިކުންތާ އެއް މިނެޓާ ދެމެދުގެ ވީޑިއޯކޮޅު ޓިިކްޓޮކްގެ އެހީގައި ހެދޭއިރު، ބައެއް މީހުނަށް ތިން މިނެޓްގެ ވީޑިއޯވެސް ހެދެއެވެ.
ކޮންމެއަކަސް ރާއްޖޭގައި ވެސް ޒުވާނުންގެ މަގްބޫލުކަން ހޯދާފައިވާ ޓިކްޓޮކްއިން މިހާރު ފެންނަނީ ބަލާލަން ނުކެރޭ މަންޒަރުތަކެކެވެ. ނެށުމާއި އެކްޓް ކުރުމުގައި އެކެއް އަނެކަކަށް ވުރެ ކުރިއަރައި ދާން މަސައްކަތް ކުރާއިރު، މިހާރު މި ފެންނަނީ އެއަށްވުރެ ވެސް ނުރައްކާވަމުން ދާ ތަނެވެ.
ޓިކްޓޮކްގައި އުޅޭ ބައެއް ފަރާތްތަކުން އަންހެން ދުޅާވަމުން ގޮސް، މޫނުގައި މޭކަޕް ކުރުމާއި އިސްތަށިގަނޑު ޖަހައި، އަންހެންކުދިން ލާ ހެދުން ލައިގެން ވީޑިއޯ ކުޅޭތަން މިހާރު ފެންނަމުން އެބަ ދެއެވެ. މަޖަލަކަށް ނަމަވެސް ނޫނީ ގަޞްދުގައި ނަމަވެސް މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
މުޅި ދުނިޔޭގައި ވައިގައި ހިފާފައިވާ ޓިކްޓޮކް އެޕްލިކޭޝަންގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން، އާބާދީ ބޮޑެތި ގައުމުތަކުގެ ސަރުކާރުން މި އެޕްލިކޭޝަން ބްލޮކް ކޮށްލުމުގެ މަސައްކަތް ކުރަމުން ދެއެެވެ. މީގެ ތެރޭގައި އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އިން މިހާރު މިވަނީ މި އެޕްލިކޭޝަން ބްލޮކް ކޮށްލާފައެވެ.
މިކަމުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަކީ އަޅުގަނޑުމެން ދިވެހިންވެސް ވިސްނާލަންޖެހޭ ކަމެކެވެ. ދިވެއްސަކަށް ވެ ހުރެ ލާ ހެދުމާއި، އަންހެނުންނާއި ފިރިހެނުންގެ ގައި ގޯޅި މަންޒަރުތަކާއި އަދިވެސް މި ދިވެހި މުޖުތަމައު އާ ނުގުޅޭ އެތައް ކަމެކަށް މި ކޮމެންޓް ތަކުގައި ފާޑު ކިޔާފައި ހުރެއެވެ. ބައެއް ވީޑިއޯތަކުގައި މާ ބޮޑަށް މަޖާވެގެން ގޮސް ހައްދުފަހަނަ އަޅާ ދާއިރުވެސް އިހުސާސެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް