ދީނަށް ހަޖޫ ޖަހާ ނަމަ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެން ނުވާނެ!

އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެ ކަމަށް ކެންްދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއް...

01 Jun 2021 | 12:50

އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެ ކަމަށް ކެންްދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ގާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ރައްޔިތުންްގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ. ހިސާންގެ އިސްލާހުގައި ވިދާޅުވެފައިވަނީ ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅައި އެފަދަ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއާ އިދިކޮޅަށް ފާސްކުރަން އުޅޭ އެއްވެސް ގާނޫނަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/AleeVoice/status/1399650205855674368

ބިލުގައިވާ ގޮތުން އެފަސަ ގޮތަކަށް މީހަކާއި ދިމާލަށް އެއީ މުސްލިމެއް ނޫން ކަމަށް ބުނުމަކީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހިސާން ހުށަހެޅުއްވި މި އިސްލާހާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި އެމްޑީޕީއަށް ވަނީ އަމާޒުވެފަ އެވެ.

އަދި ބިލުގެ މައިގަނޑު ބޭނުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދިމާލަށް މީހުން ލާދީނީ ކިޔުން ހުއްޓުވުން ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް