އިތުރު މީހަކު މަރުވެ ކޯވިޑް ޖެހިގެން މަރުވި އަދަދު 167 އަށް

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ މެންދުރު ފަހު 2:43 ގައި އެވެ. މަރުވި އ...

01 Jun 2021 | 12:10

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ މެންދުރު ފަހު 2:43 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ހަ ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 167 ވަނަ މީހާ އެވެ.

މިއަދު ކުރިން މަރުވެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލް ކޯވިޑް މެނޭޖްމެންތް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ މީހަކާއި އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ހަރަކާތެއް ނެތިގެން ގެންދިޔަ އުމުރުން 89 އަހަރުގެ މީހެކެވެ. ދެން މަރުވެފައިބަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 59 އަހަރާއި، 70 އަހަރު އަދި 50 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64396 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24،109 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް