ކޯވިޑްގައި މިއަދު ފަސް މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު މަރުވްޖެ އެވެ، މަރުވެފައިވަނީ އުމުރުން 89 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ މެންދުރު 1:51 ގައި އެވެ. އެމީހާ އަކީ ހަރަކާތެއް ނެތިގެން ފަރުވާ ދިނުމަށް އައިޖީއެ...

01 Jun 2021 | 10:19

ކޯވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު މަރުވްޖެ އެވެ،

މަރުވެފައިވަނީ އުމުރުން 89 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ މެންދުރު 1:51 ގައި އެވެ.

އެމީހާ އަކީ ހަރަކާތެއް ނެތިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗު އެމަޖެންސީއަށް ފަރުވާ ދިނުމަށް ގެންދިޔަ މީހެކެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ފަސްވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 166 ވަނަ މީހާ އެވެ.

މިއަދު ކުރިން މަރުވެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލް ކޯވިޑް މެނޭޖްމެންތް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ މީހެކެވެ. ދެން މަރުވެފައިބަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 59 އަހަރާއި، 70 އަހަރު އަދި 50 އަހަރުގެ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64396 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24،109 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް