ގުޅީފަޅުގައި ކޯވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހެދި ފެސިލިޓީ ބޭނުން ކުރަން ފަށައިފި އެވެ.
މި ފެސިލިޓި ހަދައި ނިންމާ ބޭނުން ކުރަން ފެށީ އިއްޔެ އެވެ. އެތަނަކީ 250 މީހުންގެ ޖާގައިގެ ފެސިލިޓީ އެވެ.
ގުޅީފަޅު ފެސިލިޓީގައި ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަކޮށްވެސް އެކޮމޮޑޭޝަން ބްލޮކެއް ހަދާފައިވެ އެވެ.
ގުޅީފަޅުގައި ކޯވިޑް ފެސިލިޓީއެއް ހަދާފައިވާއިރު މާލެ ސަރަހައްދުގައި ކޯވިޑަށް ފަރުވާދޭން ޖެހޭ މީހުން އިތުރުވެފައިވާތީ ހުޅުމާލޭގައި މިހާރު ކޯވިޑަށް ފަރުވާ ދޭ ތިން ފެސިލިޓީއެއް ހަދާފައިވެ އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ހުޅުމާލޭ ހިޔާގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލެވެ.
މި ތަންތަނުގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހުރީ މިހާރުވެސް ފުރިފަ އެވެ ޕޮސިޓިވް ވެގެން ފަރުވާ ދިނުމަށް އެތަނަށް ގެންދާ މީހުން އެޑްމިޓް ކުރެވެނީ އެނދެއް ހުސްވުމުންނެވެ.
މި މައްސަލަ ހައްލު ކުރުމަށް ހުޅުމާލޭގައި 270 އެނދުނުގެ އާ ފެސިލިޓީއެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ކުރީގެ އެފްއޭއެމް ހައުސް ވެސް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިދިޔަ މަހެއްހާ ދުވަހު ކޯވިޑް ޖެހުނު އަދަދު ކޮންމެ ދުވަހަކު1،000 މަތީގައި އުޅުމަށް ފަހު އެއަށްވުރެ ދަށްވާން ފެށިތާ އަދި މިއީ ތިން ވަނަ ދުވަހެވެ. އިއްޔެ ޕޮސިޓިވްވެފައިވަނީ 700 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް