ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި އައްޑޫ ސިޓީން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން ބަޔަކު ކޯޓުން ދޫކޮށްލި މައްސަލަ އިސތިއުނާފުކޮށްދެން އެދިއްޖެ އެވެ،
އައްޑޫގައި ފުލުހުން ހަރުކަށި ފިކުރާއި ދެކޮޅަށް އޮޕަރޭޝަނެއް ހިންގީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އޮޕަރޭޝަންގައި އަށް މީހަކު ހައްޔަރު ކުރި އެވެ.
މުއްދަތުރު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ފަސް މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެފައިވާނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ އެމީހުން ކޯޓުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި އޮޕަރޭޝަންތައް ފެށީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަން ތަހުގީގަށް އެނގުމުންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާޓުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފެށި އޮޕަރޭޝަންގައި އައްޑޫއިން ބަޔަކު ހައްޔަރުކުރި އިރު މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި މިިމަހުގެ ތެރޭގައި ފަސް މީހަކު ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި އއ. ހިމަންދޫގައި ހަރުކަށި ފިކުރު ހިންގި މައްސަލައިގަ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކޮށްފައިވާ އަބްދުﷲ އަލީ މަނިކު ހިމެނެއެވެ.
ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް