ކަރަންޓް ބުރުމާއެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ މީހަކީ 2021 އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން އެ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެެވެ
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485230 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވައްކަމުގެ މައްސަލަތަކުގައި މީހުން ހޯދުމަށް ފުލުހުން ފޮޓޯއާއި ވީޑިއޯ އާއްމުކުރެއެވެ. އެގޮތުން ފުހުލުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތުގައިވެސް ފުލުހުން ވަނީ ވައްކަން ކުރި މީހާގެ ވަނަވަރު އާއްމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް