އެކްސިޑެންޓްގައި ފިލި މީހާ ހައްޔަރުކޮށްފި

މިފިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ހުވަފެނީ ގޯޅިން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި އޮތް ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވަނީ ނިޔާވެފަ އެވެ. އެ ހާދ...

01 Jun 2021 | 07:21

މިފިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ހުވަފެނީ ގޯޅިން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި އޮތް ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވަނީ ނިޔާވެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު ޒުވާނާ މަރަށް ތެޅުނު އިރު ވެސް ސައިކަލު ދުއްވި މީހާ އެ ތަނުގައި މަޑުނުކޮށް ވަނީ ފިލައިފަ އެވެ.

ފުލުހުން ބުނީ، އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ދިޔަ މީހާ އިއްޔެ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވާ ކަމަށެވެ. އިއްޔެ 17:00 އެހާކަންހާއިރު ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ، މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު ނިޔާވީ އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

މީގެ ކުރިން ވެސް މިފަދަ އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް