މިއަދަކީ ޖޫން މަހުގެ އެއްވަނަ ދުވަހެވެ. ބައިނަލްއަގްވާމީ ކިރުގެ ދުވަހެވެ.
މިއީ 2001 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އދ ގެ ފުޑް އެންޑް އެގްރިކަލްޗާރ އޮގަނައިޒޭޝަން (އެފްއޭއޯ) ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ކިރަށް ވަކި ހާއްސަ ދުވަހެއް ކަނޑައަޅާފައިވަނީ ބައިނަލްއަގްވާމީ ގޮތުން ކިރުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ރަސްމީ ސިފައެއްގައި ބައިނަލްއަގްވާމީ ކިރުގެ ދުވަހަކީ މިއަދު ކަމުގައި އެފްއޭއޯއޭއިން ކަނޑައެޅުމުގެ ކުރިންވެސް ބައެއް ގައުމުތަކުގައި ޖޫން މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކިރުގެ ދުވަހުގެ ގޮތުގައެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން މާ ކުލަ ގަދަ ގޮތެއްގައި ކިރުގެ ދުވަސް ފާހަގަ ނުކުރި ނަމަވެސް 2019 ވަނަ އަހަރުގައިވެސް 68 ގައުމެއްގައި ބައިނަލްއަގްވާމީ ކިރުގެ ދުވަސް ފާހަގަކޮށްފައިވެއެވެ.
މި އަހަރު ބައިނަލްއަގްވާމީ ކިރުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މި އަހަރުގެ ތީމަކީ "ސަސްޓެއިނިބިލިޓީ" ހުސްނުވެ ކޮލިޓީ ކިރު ލިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް