ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ ހަތަރު މީހަކު މިއަދުގެ މިހާތަނަށް މަރުވެއްޖެ އެވެ.
މިއަދު މަރުވި މީހުންގެ ތެރެއިން އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގައި މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ފަތިހު 4:40 ގައި އެވެ.
އަނެއް ތިން މީހުން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވެފައިވާ މީހުންގެ ތެރެއިން އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވަނީ ރޭ މެންދަމު 3:41 ގައި އެވެ. އެ ތަނުގައި މަރުވި 50 އަހަރުގެ ދިވެހި ފިރިހެނަކު މަރުވީ ފަތިހު 5:46 ގައި އެވެ.
ތިން ވަނައަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވީ 59 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ ހެނދުނު 6:14 ގައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 64396 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24،109 މީހުންނަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 40،117 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް