ނަތަންޔާހޫ ސަރުކާރުގެ ނިމުން ގާތްވި ނަމަވެސް، އާ ލީޑަރުންވެސް ގެންގުޅެނީ ފަލަސްޠީނަށް އަތްގަދަ ކުރުމުގެ ވިސްނުން

އިސްރާއީލުގެ ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލެވޭ ފާރ- ރައިޓު ލީޑަރު، ނަފްތާލީ ބެނެޓް ނަތަންޔާހޫއާއި ދެކޮޅަށް އެ ޤައުމުގައި އުފައްދާފައިވާ ކޯލިޝަންގައި ބައިވެރި ވެއްޖެއެވެ.ބެނެޓްގެ ޔާމިނާ ޕާޓީއަށް އިސް...

01 Jun 2021 | 03:53

އިސްރާއީލުގެ ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލެވޭ ފާރ- ރައިޓު ލީޑަރު، ނަފްތާލީ ބެނެޓް ނަތަންޔާހޫއާއި ދެކޮޅަށް އެ ޤައުމުގައި އުފައްދާފައިވާ ކޯލިޝަންގައި ބައިވެރި ވެއްޖެއެވެ.ބެނެޓްގެ ޔާމިނާ ޕާޓީއަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މުހިންމު 6 ގޮނޑިއެއް ލިބިފައި ވާއިރު، ބެނެޓު އިދިކޮޅާއި ގުޅުމުން ނަތަންޔާހޫގެ 12 އަހަރު ދުވަހުގެ ވެރިކަމަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ނަތަންޔާހޫއާއި ދެކޮޅަށް އުފައްދާ ސިޔާސީ ކޯލިޝަންގެ ނާޒުކު ކަމާއިހުރެ، ބޭރުގެ އެހީވެސް ބެނެޓްމެންގެ ކޯލިޝަނަށް ބޭނުން ވާނެއެވެ. އޭގެ ތެރޭގައި، ފަލަސްޠީނީ އިސްރާއިލުގެ މަޖިލީސް މެންބަރުންވެސް ހިމެނެއެވެ. ނަމަވެސް، މި މެންބަރުންނަކީ ބެނެޓްގެ އޭޖެންޑާތަކާއި ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ މެންބަރުންތަކެކެވެ. ސަބަބަކީ، ބެނެޓްގެ އޭޖެންޑާއިވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުން އަތްގަދަ ކޮށްފައިވާ ހިސާބުތައް އިތުރު ކުރުމާއި، ގަދަކަމުން ފަލަސްޠީނުގެ އެހެން ބިންތަކަށް އަރައިގަނެ އިސްރާއީލުގެ ދައުލަތުގެ ދަށަށް އެ ސަރަހައްދުތައް ގެންދިއުން ނުވަތަ ޕާޝަލް އެނެކްސޭޝަންވެސް ހިމެނޭތީއެވެ. ޕާޝަލް އެނެކްސޭޝަންއަކީ އިންޓަރނޭޝަނަލް ލޯވ ގެ ދަށުންވެސް މަނާ ކަމެކެވެ.

އިސްރާއީލުން ދާދި ފަހުން ފަލަސްޠީނަށް ދިން ހަމަލާތަކުގެ ކުރިންވެސް ބެނެޓާއި ލެޕިޑްގެ މި އެއްބަސްވުން ވުޖޫދުވެފައި ވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.ނަމަވެސް،ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމާއި ހަަމައަށް، މި އެއްބަސްވުމާއި ގުޅޭ އިތުރު މަޝްވަރާތައް ވަނީ މެދުކަނޑާ ލެވިފައެވެ.މި އެއްބަސްވުމާއި ގުޅިގެން، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ، ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަނުން ބުނީ، ބެނެޓުމެން އެކުލަވާލަން މަސައްކަތް ކުރާ އައު ސަރުކާރު ވެގެންދާނީ ހައްދުފަހަނާ އަޅާފައިވާ ކަނާތު ފިޔައިގެ ސަރުކާރެއް ކަމަށާއި، ނަތަންޔާހޫގެ ސަރުކާރާއި މާ ބޮޑު ތަފާތެއް މި އުފެދޭ އައު ސަރުކާރުން ފެނިގެން ނުދާނެ ކަމަށެވެ.

މި ނިންމުމާއި އެކު ބެނެޓް ބުނީ، އޭނާގެ ރަޙުމަތްތެރި ޔާސިރް ލެޕިޑާއިއެކު، ޤައުމީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަކީ އޭނާ ދެކޭގޮތުގައި، އޭނާގެ ޒިންމާއެއް ކަމަށާއި، މި ސަރުކާރުން ގުޅިގެން އިސްރާއީލުގައި އޮތް ހަމަނުޖެހުން ހުއްޓާލުމަށް މަސައްކަތް ކޮށް، ދާން ޖެހޭ މިސްރާބުން އިސްރާއީލު ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.މިއާއިއެކު،އިސްރާއީލުގެ ސެންޓްރިސް ސިޔާސީ ލީޑަރު، ލެޕިޑަށް ވަނީ ބުދަ ދުވަހާއި ހަމަައަށް އައު ކެބިނެޓެއް އެކުލަވާ ލުމުގެ މަސައްކަތް ހަވާލު ކޮށްފައެވެ.

ބެނެޓް ހާމަ ކުރި ގޮތުގައި، އޭނާ އިދިކޮޅާއި ގުޅެން ނިންމީ، އިސްރާއީލުގައި 2 އަހަރު ތެރޭގައި ވިދިވިދިގެން 5 ވަނަ އިންތިޚާބެއް ބޭއްވުން ހުއްޓުވުމުގެ ގޮތުންނެވެ.ނަތަންޔާހޫގެ ސަރުކާރުގައި އިސްރާއީލުގައި 2 އަހަރު ތެރޭ 4 އިންތިޚާބު ބޭއްވުމުގެ ސަބަބުން، ޤައުމުތެރޭގެ ދާޚިލީ މަސްރަހު ވަނީ ހޫނު ވާން ފަށާފައެވެ.

ބެނެޓްގެ ނިންމުން އިއުލާން ކުރިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި، ނަތަންޔާހޫ ވަނީ ބެނެޓްގެ މި ނިންމުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެކަމާއި ދެކޮޅު ހަދާފައެވެ. އަދި ބެނެޓް ވަނީ އިސްރާއީލުގެ ކަނާތު ފިޔައަށް ޚިޔާނާތްތެރި ވެފައި ކަމަށް ތުހުމަތުކޮށް، ނަތަންޔާހޫ ވަނީ އިދިކޮޅު ކޯލިޝަންގެ ހުރިހާ ބައިވެރިންނަށް ބެނެޓާއި އެކު ވައަތުފިޔައިގެ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ކުރިއަށް ނުގެންދިއުމަށް ގޮވާލާފައެވެ.މީގެ އިތުރުން ނަތަންޔާހޫ ވަނީ ދުޝްމަނުންނާއި ދެން ކުރިމަތި ލާނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.އަދި އީރާންއާއި ޣައްޒާގެ މައްސަލައިގައި ކޯލިޝަނުން މަސައްކަތް ކުރާނެ ގޮތެއް ނޭނގޭ ކަމަށާއި، އެމެރިކާއަށް ޖަވާބުދާރީވުން ވެސް މިކަމުގެ ސަބަބުން ދަތި ވެގެންދާނެ ކަމަށް ނަތަންޔާހޫ ބުނެއެވެ.

ކުރިން ނަތަންޔާހޫއަށް ތާއީދުކުރި ބެނެޓް މިހާރު ބުނަނީ، ކަނާތު ފިޔައިގެ ޕާޓީއަށް، އިސްރާއީލްގެ ޤާނޫން ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދުމަކީ ނުވާނެ ކަމެއް ކަމަށެވެ.އަދި މިފަދަ ސަރުކާރެއް ކާމިޔާބު ވާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި، ހުރިހާ ޒާތީ ހުވަފެނެއް މަޑު ޖައްސާލުމަށް ފަހު މި ވުގުތު އެންމެ މުހިންމު ކަމެއް ދޭންވީ މި ސަރުކާރު އެކުލަވާލަން ކުރަން ހުރި މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.

އިސްރާއީލުގައި އެންމެ ފަހުން ބޭއްވި 4 އިންތިޚާބުގައިވެސް ނަތަންޔާހޫއަށް އިސްރާއީލުގައި މިހާރު އޮތް ތާއީދު ގެއްލެމުން ދާ ކަން ހާމަ ވެގެން ގޮސްފައިވެއެވެ. ޚިޔާނާތުގެ ބޮޑެތި ތުޙުމަތުތަކެއް ނަތަންޔާހޫއަށް އަމާޒު ވެފައިވާ އިރު، ކޮންމެ އިންތިޚާބެއް ޑެޑް ލޮކަކުން ނިމި، އިތުރަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ޖެހެނީ އަނެއްކާވެސް އައު އިންތިޚާބެއް ބާއްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް