އަޖޭ އަގު ބޮޑު ގެއެއް ގަނެލައިފި، ރެޖިސްޓްރީ ކުރީ މަރުވެފައިވާ މަންމަ އާއި އޭނާގެ ނަމުގައި!

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން އިންޑިއާގެ މުމްބާއީން އަގުބޮޑު ގެއެއް ގަނެލައިފި އެވެ. މިފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުތަކު...

01 Jun 2021 | 03:22

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން އިންޑިއާގެ މުމްބާއީން އަގުބޮޑު ގެއެއް ގަނެލައިފި އެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުތަކުން ގެއާއި އެޕާޓްމެންޓުތައް ގަންނަމުންނެވެ. އެގޮތުން އެންމެ ފަހުން ގެ ގަތް މީހުންގެ ތެރެއިން ސޮނާކްޝީ ސިންގަ ގަތް ގޭގެ އަގަކީ 20 ކްރޯޑް ރުޕީސް ކަމަށްވެ އެވެ.

އަޖޭ އަލަށް ގަތް ގެ ގަތީ 60 ކްރޯޑު ރުޕީސް އަށެވެ. އެ ގޭގައި 59 އޭކަރު ހުންނަ ކަމަށްވެ އެވެ. އެ ގެ ހުންނަނީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ޖޫހޫ ގައި އެވެ.

އަޖޭގެ ގެ ރެޖިސްޓްރީ ކޮށްފައިވަނީ އޭނާ އާއި 2019 ވަނަ އަހަރު މަރުވި އަޖޭގެ މަންމަ ވީނާ ވިރެންދްރަ ދޭވްގަންގެ ނަމުގައި އެވެ.

އަލަށް ގަތް ގެއަކީ އަޖޭ ވަރަށް ހިތް ހަމަ ޖެހޭ ގެއެއް ކަމަށްވެ އެވެ. އެހެންވެ އާއިލާ ގެއަށް ބަދަލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ގެ އަލުން މަރާމާތުކޮށް އާބާތުރަ ފިލުވައި ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް އަޖޭ މިހާރު ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަހަރު ތެރޭގައި އަގު ބޮޑު ގެ އަދި އެޕާޓްމެންޓުތައް ގަތް ބޮލީވުޑްގެ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން، ރިތިކް ރޯޝަން، އަރްޖުން ކްޕޫރު، ޖާންވީ ކަޕޫރު އަދި އާލިއާ ބަޓް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް