ކޮވިޑް ދިފާއު ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު އެއްލައްކަ ފަސްދޮޅަސްހާހަށް އަރައިފި

ރާއްޖޭގައި ކޮވިޑް ދިފާއު ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދުު 166،490 އަރައިފިއެވެ. އެގޮތުން މިއަދު ރާއްޖޭގައި 1،309 މީހަކު ކޮވިޑް ދިފާއު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވެއެވެ. އަދި371 މީހަކު ވެކް...

01 Jun 2021 | 00:54

ރާއްޖޭގައި ކޮވިޑް ދިފާއު ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދުު 166،490 އަރައިފިއެވެ.

އެގޮތުން މިއަދު ރާއްޖޭގައި 1،309 މީހަކު ކޮވިޑް ދިފާއު ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވެއެވެ. އަދި371 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ.

މިއަދު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޒޯޑް ޖެހި މީހުންގެ ތެރެއިން އަތޮޅުތަކުގައި ވެކްސިން ޖަހާފައި ވަނީ 228 މީހުނެވެ. އަދި މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ143 މީހުނެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖެހިމީހުންގެ ތެރެއިން އަތޮޅުތަކުން ވެކްސިން ޖަހާފައި ވަނީ848 މީހުންނެވެ. އަދި މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ461 މީހުންނެވެ.

ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 309،815އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރެއްގައި ވެކްސިން ދެމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް