މާލޭގެ މަގުތަކަށް ކިޔާ ނަން އެނގޭނެހެން ސާފުކޮށް ޖެހުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި ހިމަނައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިން ސަފްހާއެއް މުއިއްޒު ހިއްސާކުރެއްވި އިރު، އޭގައި ދެން އިތުރަށް ހިމެނެނީ މަގު ބަންދު ކުރުމަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކުގައި ކުރެވޭކަމަކަށް ހެދުމާއި މާލެ އަކީ ޕްލާސްޓިކް މަދު ސިޓީއަކަށް ހެދުމަށް ޕްރޮގްރާމެއް ހިންގުމުގެ އިތުރުން، ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ހިންގޭ ހައުސިންގް މަޝްރޫޢުއެއް ވިލިމާލޭގައި ހިންގުން ހިމެނެއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހަތް ނުކުތާއެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި
- ބިންވެރި ރައްޔިތެއް
- ޗާލު މާލެ ސިޓީ
- ހިތްފަސޭހަ މަގުމަތި
- ފުދުންތެރި ދިރިއުޅުން
- ޑިޖިޓަލް މާލެ
- ހަރުދަނާ އިދާރީ ހިންގުން
- ރައްޔިތުންނާ ބައްދަލުވާ ކައުންސިލް ހިމެނެއެވެ.
މާލެ ސިޓީ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރު ފަރާތު ފާރު ތަޅާލައި އެތަނުގައި ހެދި ޕާކިން ޒޯންގެ ފާރުތަކުގައި ކުރަހާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވަނީ މިއަދިއެވެ. އެތަނުގެ ފާރުތަކުގައި ކުރަހަން ސިޓީ ކައުންސިލުން ބޭނުންވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭ ކުރެހުންތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް