ހުޅުމާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވީ އުމުރުން 41 އަހަރުގެ އަންހެނަކު ގެއްލިގެން އިއްޔެ 2:30 ހާއިރު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަ މީހާއަކީ ނަފްސާނީ ބަލިކަމެއް ހުންނަ މީހެއް ކަމުގެ މައުލޫމާތު ދުވަހަށް ލިބިފައި ވެ އެވެ. ނަމަވެސް އެ މައުލޫމާތު އެއްވެސް ރަސްމީ މަސްދަރަކުން މިކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އަންހެންމީހާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ފެރީއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް