ތައިމޫރު ބައްޕައަށް ކިޔާ ނަން އެނގޭތަ؟

ސައިފް އަކީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ހާން ކޮންމެސް ވަރަކަށް ވާހަކަ ދައްކަން ފަށައިފި އެވެ. އެކަން މީޑިއާގައި ހާމަ ކުރީ ސައިފް އެވެ. އޭނާ ވަނީ ތައިމޫރު ބޭނުން ކުރާ ބައެއް ބަސްތަ...

01 Jun 2018 | 09:05

ސައިފް އަކީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ހާން ކޮންމެސް ވަރަކަށް ވާހަކަ ދައްކަން ފަށައިފި އެވެ.

އެކަން މީޑިއާގައި ހާމަ ކުރީ ސައިފް އެވެ. އޭނާ ވަނީ ތައިމޫރު ބޭނުން ކުރާ ބައެއް ބަސްތައް މީޑިއާގައި ހިއްސާ ކޮށްފައި އެވެ. ސައިފް ބުނީ ތައިމޫރު އޭނާއަށް ގޮވަނީ "އައްބަ" ކިޔާފަ ކަމަށެވެ

ތައިމޫރު ބޭނުން ކުރާ އިތުރު މަސްތަކުގެ ތެރޭގައި "ގަމް" ހިމެނެ އެވެ. ޗްވިން ގަމެއް ފެނިއްޖެ ނަމަ ގަމް އޭ ކިޔާފަ ހަޅޭއް ލަވާ ކަމަށާއި ދެން ބޭނުން ވާނީ ރޭގަނޑު ހަނދު ބަލަން ކަމަށް ސައިފު ބުންޏެވެ. އެހެންވެ ބައެއް ރޭރޭ  ސައިފްގެ އޮފީހުގައި ތައިމޫރާއި އެކު ހަނދު ބަލަން އިންނަ ކަމަށެވެ.

މިފަހަކަށް ސައިފު ދަނީ ތައިމޫރާއި ގުޅޭ ތަފާތު މައުލޫމާތު މީޑިއާގައި ހާމަ ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ސައިފު ވަނީ އޭނާ އާއި ކަރީނާ ތައިމޫރަށް ލޯބިން ކިޔަނީ ޓިމް ކަމަށް ބުނެފަ އެވެ.

ޓިމްގެ އިންނަނީ ނޫ ކުލައިގެ ކަޅިއެއް ކަމަށާއި، އޭނާ ގައިގަ ކަރީނާ އާއިލާގެ ވައްތަރު ހުރި ކަމަށާއި ސައިފްގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީގެ ގޮތްވެސް އެބަ ހުރި ކަމަށެވެ. ސައިފު ބުނީ ޓިމް ގައިގަ އާއިލީ ވަރަށް ގިނަ ސިފަ އެބަހުރި ކަމަށާއި އެކަމަކު އޭނާގެ އެއްވެސް ސިފައެއް ނެތް ކަމަށެވެ.

ތައިމޫރަށް އަދި މިވަނީ ދެ އަހަރެވެ. އެކަމަކު އޭނާ ޕްލޭ ސްކޫލަށް ދާ ގަޑީގައި އާއި ކުޅެން ގޭ ގޯތިތެރޭ އުޅޭ ވަގުތުތަކުގައިވެސް ކެމެރާ މަނުންތައް ތިބެނީ އެތަންތަން ވަށާލައިގެންނެވެ.

ދަރިފުޅު މަޝްހޫރު ކުރުމުގައި މިހާރު ކަރީނާ އާއި އެއް ހަމައެއްގައި ސައިފްގެ ކޮއްކޮ ސޯހާ އަލީ ހާންވެސް މަސައްކަތް ކުރެ އެވެ. ސޮހާ ބުނީ ދަރިފުޅު އިނާޔާގެ ފޮޓޯ ސޯޝަލް މީޑީއާގައި ހިއްސާ ކުރަނީ ހިތް ހަމަޖެހުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް