ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ޖަލުގައި ނިޔާވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައިވާގޮތުގައި މިރޭ ނިޔާވެފައިވަނީ އުމުރުން ގ ފެހިމާ، އުމުރުން 30 އަހަރުގެ އަބްދުﷲ އަލީ އެވެ.
އޭނާ އަކީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމުގައި ކަރެކްޝަނުން ބުނެފައި ވެ އެވެ.
މި ގައިދީ ނިޔާވެފައިވަނީ މިރޭ ކޮން ވަގުތަކު ކޮން ހާލަތެއް މެދުވެރިވެގެންކަން ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް